ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2024، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް!

އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން:ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން:ފޮޓޯ: އިމިގްރޭޝަން

ނިމިދިޔަ 2024 ވަނަ އަހަރަކީ ރާއްޖޭގައި ނުގަވާއިދުން އުޅެމުންދާ ބިދޭސީން ގަވާއިދަށް ފައްތައި، ގިނަ ބިދޭސީންނެއް ޑީޕޯޓު ކުރެވުނު ކާމިޔާބު އަހަރެއްކަމަށް އިމިގްރޭޝަން ކޮންޓުރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން އަސްލު ޓީވީގެ 'ބާބު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖޭގައި ބޮޑުވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.


ޚާއްސަކޮށް އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަންތަކަކީ ފާހަގަކުރެވޭ ކަންތައްތަކެއް ކަމަށާއި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ޚާއްސަ ވަޢުދުފުޅެއްކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.


ޝަމްޢާން ވަނީ މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.


އަދި ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އުޅެން މިއަދު ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި ސަރުކާރަށް ނުލިބިފައިވާ ބިދޭސީންނާއި ގުޅުން ހުރި ފީތައްވެސް މިހާރު ލިބެމުންދާ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.


ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.


ބިދޭސީންގެ މައްސަލަ ހައްލުކިރުމަށް އިމިގްރޭޝަނުން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއީ ފަހުގެ ތާރީހެއްގައި މިމަސައްކަތް މިހާފުޅާކޮށް ފާޅުކަންބޮޑު ގޮތެއްގައި ކުރި ފުރަތަމަ ފަހަރެވެ.