ޑައިވިނަށް ދިޔަ އެންމެން މަރުވެފައިވާކަމަށް ބުނެވުނީ އޮޅުމަކުން، މަޢާފަށްއެދެން: ފުލުހުން
ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު 5 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ބުނެވުނީ އޮޅުމަކުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މަރުވެފައި އޮއްވާ މިއަދު ފެނިއްޖެކަމަށް ބުނެ ފުލުހުން މީޑިއާތަކަށް މެސެޖު ފޮނުވީ މިރޭ 18:52 ގައެވެ. އަދި އޭގެ ފަހުން 19:04 ގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންކަމަށް ފުލުހުން ބުނެފައިވެއެވެ.
ޑައިވިންއަށް ދިޔަ 5 މީހަކު، މަރުވެފައިތިއްބާ ފެނިއްޖެ
https://jeeluonline.com/16703/
Ads by BMLއެހެންނަމަވެސް އެ މައުލޫމާތު ނޫސްތަކާއި މީޑިއާތަކުން ހާމަކުރިތާ އެއްގަޑިރަށްވުރެ ގިނަ އިރުވީފަހުން ފުލުހުން ވަނީ ޑައިވިންނަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްްވާ ފެނުނުކަމަށް ބުނެވުނީ އޮޅުމަކުންކަމަށެވެ.
" ކުށެއްގެ އިސްލާހު: މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުންންނެވެ." ފުލުހުން މީޑިއާތަކަށް 20:04 ގައި ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
Ads by MACL
