ޑައިނަސޯރު ހަމުގެ ޕްރޮޓީނެއް ބޭނުންކޮށްގެން އުފައްދާފައިވާ އަތްދަބަސް ތައާރަފްކޮށްފި
ލަގްޒަރީ މުދަލުގެ ދާއިރާގައި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ތިން ކުންފުންޏެއް ގުޅިގެން ދުނިޔޭގެ އެންމެ ފުރަތަމަ ޓީ-ރެކްސްގެ ހަމުން އުފައްދާފައިވާ އަތްދަބަސް ތަޢާރަފުކޮށްފިއެވެ.
ޑައިނޯސޯރުތައް އަހަރުތަކެއް ކުރިން ނެތިގޮސްފައިވީ ނަމަވެސް، އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ޖެނެޓިކް ދިރާސާތަކުގެ ސަބަބުން، އިންސާނުންނަށް މިހާރު ޓީ-ރެކްސްގެ ޑީއެންއޭ ބޭނުންކޮށްގެން ލެބޯޓްރީގައި އުފައްދާ ޑައިނޯސޯރުގެ ހަން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާކަން ފާހަގަކުރެވެއެވެ.މި މަޝްރޫޢުގައި، ކްރިއޭޓިވް އޭޖެންސީ ވީއެމްއެލް އާއި ޖެނޯމިކް އިންޖިނިއަރިންގ ސްޓާޓްއަޕް ދަ އޯގަނޮއިޑް ކޮމްޕެނީ އަދި ބަޔޯޓެކްނޮލޮޖީ އިނޮވޭޓަރުންކަމަށްވާ ލެބް-ގްރޯން ލެދަރ ލިމިޓެޑް ގުޅިގެން ހަމުގެ ބަދަލުގައި ބޭނުންކުރެވޭނެ، މަތީ ފެންވަރުގެ ތަކެތި އުފައްދާފައިވެއެވެ.
ގާތްގަނޑަކަށް 80 މިލިއަން އަހަރު ކުރީގެ ޑައިނޯސަރަކުން ފެނުނު ޕްރޮޓީނެއް ބޭނުންކޮށްގެން، ދަ އޯގަނޮއިޑް ކޮމްޕެނީ އާއި ލެބް-ގްރޯން ލެދަރ އަށް ޓީ-ރެކްސްގެ ހަމުގެ ދެމިހުންނަ މިންވަރާއި އެކުލެވޭ މިންވަރުން އެހެނިހެން ތަކެތި އުފެއްދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވެފައެވެ.
Ads by BMLލެބޯޓްރީގައި އުފައްދާ ޓީ-ރެކްސްގެ ހަމަށް އެއްވެސް ޖަނަވާރެއް ނުވަތަ ކެމިކަލްއެއް ބޭނުމެއް ނުވެއެވެ. އަދި މިއީ މުޅިން ރަނގަޅު މާޙައުލެއްގައި އުފައްދާ އެއްޗަކަށްވުމުން، މިއީ އިތުރަށް ކުރިއަށް ދެވިދާނެ އުފެއްދުމެކެވެ.
މި އީޖާދީ މަސައްކަތަކީ ލަގްޒަރީ މުދަލުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފެއްދުމަށް އާ ދޮރެއް ހުޅުވާލުމުގެ ފެށުމެކެވެ. މީގެ ސަބަބުން، ޖަނަވާރުތަކަށް އަނިޔާވެރިވުމެއް ނެތި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މަތީ ފެންވަރުގެ މެޓީރިއަލްތައް އުފެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. މި ކާމިޔާބީއަކީ ބަޔޯޓެކްނޮލޮޖީ އާއި ލަގްޒަރީ މުދަލުގެ ދާއިރާ ގުޅިގެން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ދައްކުވައިދޭ މިސާލެކެވެ.
Ads by MACL
