ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޭވްގެ ދިގުމިން 200 ފޫޓު، ބާކީ ޑައިވަރުން އެތެރޭގައި ތާށިވެފައިވާކަމަށް ބެލެވޭ!

ވ އަތޮޅުގެ ވާދޫ ކައިރީގައިވާ ކޭވްގެ މަންޒަރެއް،
ވ އަތޮޅުގެ ވާދޫ ކައިރީގައިވާ ކޭވްގެ މަންޒަރެއް،

މަރުވި ފަތުރުވެރިޔާ ފިޔަވައި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް ދިވެހި ސިފައިން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށެވެ.


އެގޮތުން ގެއްލުނު ކަމުގެ ރިޕޯޓު ލިބުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.