ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

3 ރައީސުން ދޮޅު އަހަރުވަންދެން އެއް ކޮޓަރިއެއްގައި ނިދާފައި ތިއްބަސް ހެޔޮ: ފަލާހް

3 ރައީސުން ދޮޅު އަހަރުވަންދެން އެއް ކޮޓަރިއެއްގައި ނިދާފައި ތިއްބަސް ހެޔޮ: ފަލާހް

ރާއްޖޭގެ ވެރިކަން ކުރެއްވި 3 ރައީސުން އެއް ކޮޓަރިއެއްގައި ނިދާފައި ތިއްބަސް ހެޔޮކަމަށް ޕީއެންސީ ޕީޖީ ގްރޫލް ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބާއްވަމުންދާ ހަރުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފަލާހް ވިދާޅުވީ މިހާރުވެސް އެ 3 ބޭފުޅުން މަޝްވަރާ ކުރައްވާ ކަމަށެވެ.

އިތުރަށް ފަލާހް ވިދާޅުވީ ރައީސް ނަޝީދުގެ ދެ އަހަރުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ގިނަ ކުންފުނިތަކާއި ހަރުމުދާ ހުރީ ވިއްކާލާފައި ކަމަށެވެ.

އެގޮތުން ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި، ފެން ކުންފުނި (އެމްޑަބްލިޔުއެސްސީ) ފަދަ ބޮޑެތި ކުންފުނިތައް ވިއްކާލި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ ފަނޑިޔާރަކު ވަގަށް ނަގައިގެން ކުރިމަތިވި ފިއްތުންތަކާ ހުރެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ޕީއެންސީން ހަރުގޭގައި ޖަލްސާ ބައްވަމުންދާއިރު އިދިކޮޅު އެމްޑީޕީން ވެސް ދަނީ ހަމަ އެސަރަހައްދުގައި އެއްވުމެއް ބާއްވަމުންނެވެ.