މިތިބީ ގަދަކޮށް، މިތިބީ އެކުގައި، މި ލަޝްކަރު ރޫޅައެއް ނުލެވޭނެ: އަބްދުއްރަހީމް
މުޅި ޕީއެންސީ އޮތީ ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީއެންސީން ބާއްވަމުންދާ ހަރުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މިތިބީ ގަދަކޮށް، މިތިބީ އެކުގައި. މިތިބީ ބަދަހިކޮށް. މި ލަޝްކަރު ރޫޅައެއް ނުލެވޭނެ އިރާދަކުރެއްވިއްޔާ: އަބްދުއްރަހީމް
ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ތިން ރައީސުން އެކީގައި މަސައްކަތް ކުރެއްވި ނަމަވެސް، އެ ބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވާނެ ކަމަށެވެ. އަދި އެ ތިން ވެރިކަމުގައި ވެސް ހިނގާފައިވާ އަނިޔާވެރިކަމުގެ ވާހަކަތައް އޭނާ ހަނދާންކޮށްދެއްވިއެވެ.
"އިންސާނަކަށް ޖެހޭނެ އެންމެ ހިތާމަވެރި ބައްޔަކީ ހަނދާން ނެތޭ ބަލި،" ކުރީގެ ރައީސުންނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލި ކަމަށް ބުނެ ކުރިން ތުހުމަތު ކުރެއްވި ބަޔަކާ އެކު، މިއަދު ރައީސް ޔާމީން ނިކުންނެވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެ ބޭފުޅުން އެކީގައި މަސައްކަތް ކުރައްވަން ނިކުންނަވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLޕީއެންސީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުވަތަ އަޒުމެއް އެއްވެސް ބޭފުޅެއްގެ ކިބައިގައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް ތިއްބެވީ 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވުމުގެ ސާބިތު އަޒުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
