ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ފްރާންސްގެ ވަގުތީ ސްކޮޑް އިއުލާމްކޮށްފި؛ އެމްބާޕޭ އާއި ޑެމްބެލޭ ހިމެނޭ

ވޯލްޑް ކަޕް 2026: ފްރާންސްގެ ވަގުތީ ސްކޮޑް އިއުލާމްކޮށްފި؛ އެމްބާޕޭ އާއި ޑެމްބެލޭ ހިމެނޭ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ވޯލްޑް ކަޕަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް 26 ކުޅުންތެރިންގެ ސްކޮޑު އިޢުލާނުކޮށްފިއެވެ. މި ސްކޮޑުގެ އެންމެ ކުރީގައި ތިބި ދެ ކުޅުންތެރިންނަކީ އޮސްމާން ޑެމްބެލޭ އާއި ކީލިއަން އެމްބާޕޭއެވެ.

2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑެޝޯމްޕްސް ބުނި ގޮތުގައި، މިއީ އޭނާ ފްރާންސްގެ ކޯޗުކަމުގައި ހުންނާނެ ފަހު މުބާރާތެވެ.

ސްކޮޑާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ސްކޮޑު އެކުލަވާލުމުގައި ބަލާފައިވަނީ ހަމައެކަނި އެންމެ މޮޅު 26 ކުޅުންތެރިންނަށް ނޫން ކަމަށާއި، ބޮޑަށް އިސްކަންދިނީ ޓީމުގެ ބެލެންސް ހިފެހެއްޓުމަށް ކަމަށެވެ.

"ސްކޮޑު އެކުލަވާލުމުގައި އެންމެ މުހިންމު ކަމަކަށް ބެލީ ކުޅިވަރުގެ ފެންވަރަށް،" ޑެޝޯމްޕްސް ނޫސްވެރިންނަށް ކިޔައިދިނެވެ.

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑުގެ ފަހު މެޗުތަކެއް ގެއްލުނު ނަމަވެސް، އުމުރުން 27 އަހަރުގެ އެމްބާޕޭ ޓީމުގެ ކެޕްޓަންކަން ކުރާނެ ކަމަށް ބެލެވެއެވެ. އޭނާއާއެކު އެޓޭކިންގް ލައިންގައި ބެލޮންޑިއޯ ހޯދާފައިވާ އޮސްމާން ޑެމްބެލޭ އާއި ބަޔާން މިއުނިކްގެ މައިކަލް އޮލީޒޭ ހިމެނެއެވެ.

މީގެ އިތުރުން މެންޗެސްޓަރ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަޔާން ޗެރްކީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ސްކޮޑުން ވަނީ ޖާގަ ހޯދާފައެވެ.

ޑިފެންސް ލައިން ވަރުގަދަކުރުމަށް އާސެނަލްގެ ވިލިއަމް ސަލީބާ އާއި ބަޔާންގެ ޑަޔޮޓް އުޕަމެކާނޯ ހިމަނާފައިވާއިރު، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ ވެސް ވަނީ ސްކޮޑުގައި ހިމެނިފައެވެ.

ނަމަވެސް ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އާއި ޕީއެސްޖީގެ ގޯލްކީޕަރު ލޫކަސް ޝެވަލިއޭ އަށް މިފަހަރުގެ ސްކޮޑުން ޖާގައެއް ނުލިބުނެވެ. ކަމަވިންގާ އަށް ޖާގަ ނުދިނީ އޭނާއަށް މި ސީޒަނުގައި އަނިޔާގެ މައްސަލަތައް ދިމާވުމުން ކަމަށް ކޯޗު ފާހަގަކުރިއެވެ.

ފްރާންސް ވޯލްޑް ކަޕް ސްކޮޑް

ގޯލްކީޕަރުން: މައިކް މައިންޔާން (އޭސީ މިލާން/އިޓަލީ)، ރޮބިން ރިސާ (ލެންސް)، ބްރައިސް ސަމްބާ (ރެންސް)

ޑިފެންޑަރުން: ލޫކަސް ޑީނިއޭ (އެސްޓަން ވިލާ/އިނގިރޭސިވިލާތް)، މާލޯ ގުސްޓޯ (ޗެލްސީ/އިނގިރޭސިވިލާތް)، ލޫކަސް ހެނާންޑޭޒް (ޕީއެސްޖީ)، ތިއޯ ހެނާންޑޭޒް (އަލް ހިލާލް/ސައުދީ)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް/އިނގިރޭސިވިލާތް)، މެކްސެންސް ލަކްރޯއާ (ކްރިސްޓަލް ޕެލަސް/އިނގިރޭސިވިލާތް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ/ސްޕެއިން)، ވިލިއަމް ސަލީބާ (އާސެނަލް/އިނގިރޭސިވިލާތް)، ދަޔޫ އުޕަމެކާނޯ (ބަޔާން މިއުނިކް/ޖަރުމަނު)

މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (ފެނަބާޗޭ/ތުރުކީ)، މަނޫ ކޯނޭ (ރޯމާ/އިޓަލީ)، އެޑްރިއަން ރަބިއޯ (އޭސީ މިލާން/އިޓަލީ)، އައުރެލިއަން ޗުއަމެނީ (ރެއާލް މެޑްރިޑް/ސްޕެއިން)، ވޮރެން ޒައިރް-އެމެރީ (ޕީއެސްޖީ)

ފޯވާޑުން: މެގްނަސް އަކްލިއޫޝް (މޮނާކޯ)، ބްރެޑްލީ ބާކޯލާ (ޕީއެސްޖީ)، ރަޔާން ޗެރްކީ (މެންޗެސްޓަރ ސިޓީ/އިނގިރޭސިވިލާތް)، އުސްމާން ޑެމްބެލޭ (ޕީއެސްޖީ)، ޑެސިރޭ ދޫއޭ (ޕީއެސްޖީ)، މައިކަލް އޮލީސޭ (ބަޔާން މިއުނިކް/ޖަރުމަނު)، ކީލިއަން އެމްބާޕޭ (ރެއާލް މެޑްރިޑް/ސްޕެއިން)، ޖީން-ފިލިޕް މަޓެޓާ (ކްރިސްޓަލް ޕެލަސް/އިނގިރޭސިވިލާތް)، މާކަސް ތުރާމް (އިންޓަ މިލާން/އިޓަލީ)

މި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނެނީ އެމްބާޕޭ، ޑެމްބެލޭ، ލޫކަސް ހެނާންޑޭޒް އަދި އެންގޯލޯ ކާންޓޭ އެކަންޏެވެ. ފްރާންސްގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. ގްރޫޕް އައި ގައި ދެން ހިމެނެނީ އިރާގާއި ނޯވޭއެވެ.