މެންބަރު ފަލާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ވެލިދޫ ދާއިރާގެ މެންބަރު ޢައްބާސް ނިންމަވައިފި
އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާހުގެ އަބުރަށް ހުތުރުވާގޮތަށް އަދި އޭނާގެ އަނބިދަރިންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މުޙައްމަދު ޢައްބާސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ (14 މެއި 2026) މެންބަރު ފަލާހު ދެއްކެވި ހަޑިހުތުރު ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ދޮގު ވާހަކަތަކެއްކަން އޭނާގެ އަނބިދަރިންނާއި، އާއިލާ އަދި އެކުވެރިން ހެކިވާނެ ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
އޭނާގެ އަނބިދަރިންނާއި އާއިލާއަކީ ވަރަށް އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އޭނާ ދަންނަ ކޮންމެ ރައްޔިތަކުވެސް ހެކިވާނެ ކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ.
https://twitter.com/Abbasvelidhoo/status/2054986527470666058?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2054986527470666058%7Ctwgr%5Ea66a8fba13175b3643ee95f5597f47e1e9075d44%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FAbbasvelidhoo%2Fstatus%2F2054986527470666058މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ގާނޫނީ ލަފާ ހޯދުމަށްފަހު، މެންބަރު ފަލާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމާ މެދު އޭނާގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައްޔިތުންގެ މައުލޫމާތަށްޓަކައި ޢައްބާސް ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
