ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ ދެ ފައިޓަރ ޖެޓް އީރާނުން ވައްޓާލައިފި: ރިޕޯޓްސް

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ ދެ ފައިޓަރ ޖެޓް އީރާނުން ވައްޓާލައިފި: ރިޕޯޓްސް

ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ އަސްކަރީ މަނަވަރަކަށް ހަމަލާދޭން މަސައްކަތްކުރި އެމެރިކާގެ ދެ ފައިޓަރ ޖެޓް އީރާނުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހާދިސާއާއެކު އީރާނުން ވަނީ އެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ބާރުގަދަކަން އަނެއްކާވެސް ދައްކާލާފައެވެ.

ރިޕޯޓްސްތައް ބުނާގޮތުން އެމެރިކާގެ ދެ ހަނގުރާމަމަތީ ބޯޓުން މަސައްކަތް ކުރީ އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަމާޒުކޮށް ހަމަލާދިނުމަށެވެ. ނަމަވެސް، އީރާނުގެ ދިފާއީ ބާރުތަކުން ވަނީ ވަގުތުން ރައްދު ހަމަލާދީ، އެމެރިކާގެ ދެ ބޯޓުވެސް ވައްޓާލާފައެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެ ގައުމުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމުގައި ފަސްނުޖެހޭނެ ކަމަށެވެ. އަދި މިއީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކޮންމެ ބާރަކަށް ދެވޭނެ އިންޒާރެއް ކަމަށްވެސް އެ ގައުމުން ވަނީ ސިފަކޮށްފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދަކަށް ވާއިރު، މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.