އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު ވަކިކުރަން ނިންމައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝަރީފް އެ މަގާމުން ވަކިކުރަން ނިންމާފައިވާ ކަން "ޖީލު" އަށް ކަށަވަރުވެއްޖެ އެވެ.
ޝަރީފް ވަކިކުރަން އެޗްޑީސީގެ ބޯޑުން ނިންމާ އެކަން އޭނާއަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާކަން ވެސް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނީ ނިމިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމަށް ފަހުއެވެ.
މަގާމުން ވަކިކުރާނެ ކަން މިހާރު ލިޔުމުން ވެސް އަންގާފައިވާއިރު، ޝަރީފު މަގާމުން ވަކިކުރަން ނިންމީ ކުންފުނިން ބޭނުންވާ މިންގަނޑަށް މަސައްކަތް ނުކުރެވޭކަމަށް ބުނެއެވެ. ނަމަވެސް ޝަރީފް ވަނީ އެ ތުހުމަތު ދޮގުކޮށްފައިއެވެ.
Ads by BML
Ads by MACL
