ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިން ރައީސުންގެ ބައްދަލުވުން؛ މުޖުތަބާ ވިދާޅުވީ މިއީ ގައުމު ފަސާދަކުރަން ބޭއްވި ތާރީޚީ ބައްދަލުވުމެއްކަމަށް!

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް

ރާއްޖޭގެ ކުރީގެ ތިން ރައީސަކު ބޭއްވި ތާރީޚީ ފުރަތަމަ ބައްދަލުވުމަކީ ގައުމު ފަސާދަކުރުމަށްޓަކާ ކުރީގެ ތިން ރައީސަކު ބޭއްވި ތާރީޚީ ފުރަތަމަ ބައްދަލުވުން ކަމަށް މޯލްޑްިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ލަތީފު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ތިން ރައީސުންގެ މި ބައްދަލުވުމާއި ގުޅިގެން، ގައުމުގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައިއެވެ. މި ބައްދަލުވުމަކީ ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް، އަމިއްލަ އެދުމާއި ގައުމު ފަސާދަކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މުޖުތަބާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ބައްދަލުވުމަކީ ގައުމު ފަސާދަކުރުމަށްޓަކާ ކުރީގެ ތިން ރައީސަކު ބޭއްވި ތާރީޚީ ފުރަތަމަ ބައްދަލުވުން ކަމަށާއި މި ތިން ބޭފުޅުންގެ ވެރިކަމުގައި ވެސް ހެއްދެވި ބޮޑެތި ގޯސްތަކާއި، މިގައުމަށް ލިބުނު އަގުނުކުރެވޭ ވަރުގެ ގެއްލުމާއި، ގައުމު ފަސާދަ ވެގެން ދިޔަގޮތް ހަދާން ނުނެތޭކަމަށެވެ.




މި ބައްދަލުވުމުގައި ބައިވެރިވި ތިން ބޭފުޅުންނަކީވެސް އެ ބޭފުޅުންގެ ވެރިކަމުގެ ދައުރުތަކުގައި ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ބޭފުޅުންކަން ފާހަގަކޮށް، އާންމުން ދަނީ އެ ބޭފުޅުންގެ ސަބަބުން ގައުމަށް ލިބުނު އަގުނުކުރެވޭ ފަދަ ގެއްލުންތަކުގެ ހަނދާންތައް އާކުރަމުންނެވެ. ޚާއްސަކޮށް ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ފޭރާން ހަލާކުވެގެން ދިޔަ ގޮތް އަދިވެސް ހަނދާން ނުނެތޭ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.



"މި ތިން ބޭފުޅުން ހެއްދެވި ބޮޑެތި ގޯސްތަކާއި، މިގައުމަށް ލިބުނު އަގުނުކުރެވޭ ވަރުގެ ގެއްލުމާއި، ގައުމު ފަސާދަ ވެގެން ދިޔަގޮތް އަޅުގަޑުމެން އަދި ހަދާން ނުނެތޭ،" މި ބައްދަލުވުމާ ގުޅިގެން ނުރުހުން ފާޅުކުރެއްވި މުޖުތަބާ ވިދާޅުވެފައިވެއެވެ.

އާންމުންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ބުރޫ އަރާފާނެތީއެވެ.

މި ބައްދަލުވުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރެއްގެ ގޮތުގައި ސިފަކުރަމުން، މިއީ އެންމެހާ ރައްޔިތުންގެ ވެސް ގައުމު ކަމަށާއި، ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ސަބަބުން ސިޔާސީ ގޮތުން ކުރިއަށް އޮތް ތަނުގައި ނުކުމެދާނެ ނަތީޖާތަކަށް ގިނަ ބަޔަކު ދަނީ ފާރަވެރިވަމުންނެވެ.