ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރި ސިފައިންގެ ބޭކަލަކު ހާލުދެރަވެ އޭޑީކޭގައި ފަރުވާދެނީ
ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރި ސިފައިންގެ ބޭކަލަކު ހާލުދެރަވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
ސިފައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
Ads by MACL
