ފެނަކައިން އެސްޓީއޯއަށް ދައްކަން އޮތް ދަރަނިން ބިލިއަނެއް ދައްކައިފި
ފެނަކަ ކޯޕަރޭޝަނުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ އެސްޓީއޯއަށް މިހާރު ހޯދިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހާމަކުރައްވައިފިއެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓުގައި ބޭއްވި އެ ޖަލްސާގައި މާލީ ރިޕޯޓު ހުށަހަޅުއްވަމުން، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރެވުނު މަސައްކަތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފެނަކައިން އެސްޓީއޯއަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައި އޮތުމަކީ ކޮންމެ އަހަރަކު ވެސް ހިއްސާދާރުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން ފާހަގަކުރައްވަމުން ޝިމާދު ކުރިން ވިދާޅުވެފައިވަނީ، ތެލުގެ ބިލްތަކަށް ނުދައްކާ ހުރުމުގެ ސަބަބުން ފެނަކައިން އެސްޓީއޯއަށް 1.9 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ތެލުގެ ފައިސާ ނުލިބި ހުރުމުގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Ads by BMLމީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ހިއްސާދާރުން އެންމެ ބޮޑަށް ޝަކުވާކުރި އެސްޓީއޯ ހުޅުމާލެ ހޮޓާ މަޝްރޫއަށް ވެސް މިހާރު އެދެވޭ ހައްލެއް ހޯދިފައިވާ ކަމަށް ޝިމާދު ރޭގެ ޖަލްސާގައި ވިދާޅުވި އެވެ. އެގޮތުން އެ މަޝްރޫއަށް ހިނގި ހަރަދުގެ ބަދަލެއްގެ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 16 ވަނަ ޓަވަރު ސަރަހައްދުން 41،000 އަކަފޫޓުގެ ބިމެއް އެސްޓީއޯއަށް މިހާރު ލިބިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ޝިމާދު އިތުރަށް ވިދާޅުވީ، ކުންފުނީގެ ހިއްސާދާރުން ފާޅުކުރާ ކަންބޮޑުވުންތަކާއި ހިޔާލުތަކަށް އެސްޓީއޯއިން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށެވެ. އަދި ހިއްސާދާރުންގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުންފުނީގެ މެނޭޖުމަންޓުން މެދުކެނޑުމެއްެއް ނެތް މަސައްކަތްތަކެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވި އެވެ.
Ads by MACL
