އިސްރާއީލުން ބޭނުންކުރަނީ ނާޒީންގެ ގޮބެލްސްގެ އުކުޅުތައް: އީރާނު
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީން ގެންގުޅުނު އުކުޅުތައް އެމެރިކާ އާއި އިސްރާއީލުގެ ހަނގުރާމައަށް ފެންބޮއިގަނެފައިވާ ވެރިން ތަކުރާރު ކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ތަރުޖަމާނު ތުހުމަތު ކުރެއްވި ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދަނީ އެއްވެސް އަސްލެއް ނެތް އުދުވާންތައް އީރާނާ ދެކޮޅަށް ހިންގަމުންނެވެ. އަދި ހަމައެއާއެކު، ސަރަހައްދު ހަލަބޮލިކުރަނީ އީރާނުން ކަމަށް ބުނެ އެ ގައުމުގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އަމަލުތަކަކީ ނާޒީ ޖަރުމަނުގެ ޕްރޮޕަގަންޑާ މިނިސްޓަރު ޖޯސެފް ގޮބެލްސް ގެންގުޅުނު ފަދަ މަކަރުވެރި ރޭވުންތަކެއް ކަމަށް ބަގާއީ ސިފަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕާއި ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އެމެރިކާ އާއި އިސްރާއީލުގެ އިސްވެރިން މަސައްކަތް ކުރަމުންދަނީ ހަގީގަތް އޮޅުވާލައިގެން ދުނިޔެއަށް ނުރައްކާ ފެތުރުމަށެވެ.
Ads by MACL
