ބަދަލުހިފުމުގެ ގޮތުން ހޫތީންގެ އެންމެ ބޮޑު ބަނދަރަށް ޔަހޫދީން ހަމަލާދޭން ފަށައިފި
އިސްރާއީލުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހޫތީންގެ އެންމެ ބޮޑު ބަނދަރަށް އިސްރާއީލުން ހަމަލާދޭން ފަށައިފިއެވެ.
އިސްރާއީލުގެ އެއަރ ފޯސްގެ 30 މަތިންދާބޯޓު ބޭނުންކޮށްގެން ދަނީ ޔަމަނުގައި ހޫތީންގެ އެންމެ ބޮޑު ބަނދަރަށް ހަމަލާދެމުންނެވެ.
ހޫތީން ބޭނުންކުރާ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ހުދައިދާ ބަނދަރަށް ވަނީ ވަރަށް ބޮޑަށް ހަމަލާ ދީ ބޮޑު ބޮޑުގެއްލުމެއް ދީފައެވެ.
Ads by BMLމުޅި ބަނދަރުގައި ބޮޑެތި އަލިފާން ގަނޑުތައް ފެންނަން ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާއި ގުޅިގެން ހޫތީން ރަސްމީކޮށް މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވެއެވެ.
Ads by MACL
