ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިދަބިން އާއިއެކު ހުވަދޫ ބޮޑު ޢީދު ކުލަގަކޮށް ގއ ވިލިނގިލީގައި!

ބިދަބިން އާއިއެކު ހުވަދޫ ބޮޑު ޢީދު ކުލަގަކޮށް ގއ ވިލިނގިލީގައި!

ކުރިއަށްއޮތް ބޮޑު ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވިލިނގިލީގައި ތައްޔާރުވާން ފަށައިފިއެވެ.

ވިލިނގިލީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ދަނީ އެކިއެކި މުވައްސަސާތަކާއި، އަވަށު ފޯރީގައި ހަރަކާތްތަކެއް ހިންގަމުންނެވެ. މުޅި ރަށް ސާފުކުރުމާއި ރަށަށް އަންނަ މެހުމާނުންނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންދާއިރު މިއީ މުޅި ހުވަދު އަތޮޅުގައި އީދެއް މިހާ ކުލަގަދަކޮށް ފާހަގަ ކުރާނެ ފުރަތަމަ ފަހަރެވެ.

ވިލިނގިލީގައި 4 ދުވަހަށް ކުޅިވަރުތައް ދެމިގެންދާއިރު، ރާއްޖޭގެ މަޝްހޫރު ބިދަބިން އިވެންޓްސްގެ ހާއްސަ ހަރަކާތްތަކެެއް ކުރިއަށްދާނެއެވެ. ލަންކާގެ މަޝްހޫރު ނެށުންތެރިންގެ ހުނަރުތައް ފެނިގެން ދާނެއެވެ. އަދި ބިދަބިންގެ ހާއްސަ ސަގާފީ ކުޅިވަރުގެ އައިޓަމްތަކެއް ފެނިގެންދާނެއެވެ.

މިފަހަރު އީދުވެސް ބިދަބިންއަށް ބާރު ބޮޑުކޮށް ދާއިރު މި މަހުގެ 26،27،28 މި 3 ދުވަހު ހަރަކާތްތައް ކުރިއަށްދާނީ ގއ ވިލިނގިލީގައެވެ. އަދި 29 ގއި ކ ހުރާގައި ހާއްސަ ޝޯއެއް އޮންނަ އިރު މިމަހުުގެ 30 ވަނަ ދުވަހު ބިދަބިންގެ ހަރަކާތްތައް ކުރިއަށްދާނީ ވިލިމާލޭގައެވެ.