ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަފާރީއަކުން ރާޅާއަޅަން ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ސަފާރީއަކުން ރާޅާއަޅަން ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ސަފާރީއަކުން ރާޅާއަޅަން ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާޅާ އަޅަން ފަތުރުވެރިޔާ ފޭބީ ގދ ވާދޫ ބްލޫބައުލް ޕޮއިންޓަށެވެ.

ވާދޫން ޖީލަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ މި ފަތުރުވެރިޔާ އެ ރަށު ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މިއީ ސީދާ ވާދޫ އަށް އައި ސަފާރީއެއް ނޫން ކަމަށެވެ. މިއީ އެރަށުގެ ބޭރުގައި އޮންނަ ރާޅު ޕޮއިންޓަށް ސީޒަނުގައި އަންނަ ސަފާރީތަކުގެ ތެރެއިން ސަފާރީއެއް ކަމަށެވެ.

މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.