ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު 4 ފަތުރުވެރިންގެ ހަށިތައް ފެނިއްޖެ

ގެއްލުނު 4 ފަތުރުވެރިންގެ ހަށިތައް ފެނިއްޖެ

ގެއްލުނު 4 ފަތުރުވެރިންގެ ހަށިތައް ފެނިއްޖެއެވެ.

އެމްއެންޑީއެފުންވެސް ދާދި ދެންމެ އަކު މިކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.


އެގޮތުން އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.


އެގޮތުން ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށާއި އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައި އެވެ.