ކަނޑުމަގުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި
ފާސްނުކޮށް ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް މާލޭ ވިޔަފާރި ބަނދަރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަތީ މި ހިނގާ މޭ މަހުގެ 14 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖުމްލަ 2،304،200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކެވެ. މިއީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ތަކެތި ކަމަށް އެ އިދާރާއިން ބުނެއެވެ.
އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި މި ސިނގިރޭޓުތައް ރާއްޖެއަށް އެތެރެކުރި ގައުމެއް ފަދަ އިތުރު އެއްވެސް ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
Ads by MACL
