ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއުމުން ފިލައިފި

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއުމުން ފިލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން ފިލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އެއީ ކޮން ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ، އަދި ކާކު ކަމެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ފިލި ގައިދީ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ގައިދީން ފިލާ ހާދިސާތައް މީގެ ކުރިންވެސް ބައެއް ފަހަރު ވަނީ ހިނގާފައެވެ. އަދި މިފަދަ ހާދިސާތަކާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައިވެއެވެ.