ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްހާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވައިފި

އިސްހާގު ހުސައިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 15 އޭޕްރީލް 2024 ގައި --- ފޮޓޯ: ރައީސް އޮފީސް
އިސްހާގު ހުސައިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 15 އޭޕްރީލް 2024 ގައި --- ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން މިއަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މި މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އިސްތިއުފާ ދެއްވި ސީދާ ސަބަބުގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

އިސްހާގު ހުސައިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 15 އޭޕްރީލް 2024 ގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމު ފުރުައްވަމުން ގެންދަވަނީ ޅ. ހިންނަވަރު، ހިޔާވަހި، ފާތިމަތު މަހީރާ މުހައްމަދެވެ.

މީގެ އިތުރުން މި ވަގުތު އެ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި، ގއ. ގެމަނަފުށި، ފެހިކުރި އިޝާރާ އަބްދުލްއަޒީޒުގެ އިތުރުން ދަފްތަރު ނަންބަރު ދރ 265 ސައުސަން އަލީއެވެ.