ހުޅުމާލެ ފަޅުތެރެއަށް މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި
ހުޅުމާލޭ ސްޓެލްކޯ އިމާރާތާ ދިމާލު ފަޅުތެރެއަށް، ވަލެއް އެއްސުމުގެ ބޭނުމުގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 މެއި 21 ވަނަ ދުވަހުގެ އިރުއޮއްސި 18:30 އެހައިކަންހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
ގެއްލުނު މީހާ ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން މޫދާއި ފަޅުގެ ސަރަހައްދު ބަލަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އެ މީހާ އަދި ފެނިފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
Ads by MACL
