މޫދަށް ވެއްޓުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
މެރިން ޕޮލިސް އިން މިއަދު ހެނދު މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ މޫދު އަޑިންނެވެ.
"ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ވަނީ ހުޅުމާލެ ފަޅުތެރެއިން އަޑިން ފެނިފައި،" މެރިން ޕޮލިސް އިން ބުނެފައި ވެއެވެ.
މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 2026 މެއި 22 ވަނަ ދުވަހުގެ 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.
Ads by BMLމި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ހޯދަމުގައި ހަރަކާތްތެރިވީ ފުލުހުންގެ މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެންނެވެ.
Ads by MACL
