އަޅުގަނޑުމެންގެ މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައެއް ދޭން ރައީސް ނަޝީދު އެދުނު: ޝުޖާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި، މިހާރު ސަރުކާރަށް ފާޑުވިދާޅުވަމުން އެ ގެންދަވަނީ އެކަން ނުކޮށްދިނުމުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫ އިންތިޚާބީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ އެމަނިކުފާނު "ހަމައިގައި" ހުންނަވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ.
އަދި ރައީސް މުޢިއްޒަށް ވެރިކަން ކުރައްވަން ނޭނގޭ ކަމަށް ނަޝީދު ވިދާޅުވާއިރު، އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުސަތު ތައްމިނަށް ހުޅުވާލާފައި އޮތީ ރައީސް މުޢިއްޒަށް ވެރިކަމުގެ ނިޒާމު ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLޝުޖާއު ވިދާޅުވީ މިހާރު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވެސް ވާދަކުރައްވަން ކެމްޕެއިން ކުރައްވާ ކުރީގެ ރައީސް ނަޝީދު މި ސަރުކާރާ ދެކޮޅަށް ތެދުވެވަޑައިގަތީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކެބިނެޓުން ޖާގައެއް ނުދިނުމުން ކަމަށެވެ.
"މީގެ ކުރިން ނަޝީދަކީ މި ވެރިކަމަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެއް. އެހެން ނަމެސް ޚިޔާލުތަފާތުގެ ދެކޮޅަށް ނުކުމެ ރަީސް މުއިއްޒުގެ މި ވެރިަކަމސް ފާޑުވިދާޚުވާން ފެށިހިސާބަކީ، ނަޝީދު ވިދާޅުވީ އަޅުފގަނޣުިމެންގެ ކައިރީގައި އެބަޖެހެޔޭ މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމެއް ދޭން، އަޅުގަނޑުމެން ދެންނެވިން ހޯހޯއޭ، އަދި ތިބޭފުޅާއަށް މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަން ދޭ ހިސާބަކު ނޫނޭ މި ސަރުކާރު އުފެދިގަ މިވަނީކީ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ކެބިނެޓުން ޖާގައަކަށް އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނާ އެންމެ ގާތްކޮށް އުޅުއްވާ ޙަސަން ލަތީފްމެންވެސް ހެކިވާނެއެވެ. އަދި ވަޒީރުކަން ނުލިބުމުން މައްސަލަ ޖެހިގެން ދެން އެމަނިކުފާނު ވަޑައިގަތީ ސައުތު އެފްރިކާއަށް ކަމަށްވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
ޝުޖާއު ވަރަށް ބޮޑަށް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކާފައިވާއިރު، ރައީސް ނަޝީދުގެންދަވަނީ ޕޯޑިއަމްތަކުގައި މި ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
Ads by MACL
