އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ހަނގުރާމައަށް ތައްޔާރުވެއްޖެ
އީރާނުގެ މުޅި ވައިގެ ސަރަހައްދު ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ބަންދުކޮށް، އެ ގައުމުގެ ސިފައިން ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. މިއީ ސަރަހައްދީ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެ ގައުމުން އެޅި ވަރުގަދަ ފިޔަވަޅެކެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި އަލުން ހަނގުރާމަ ފެށުމަށް އެ ގައުމުގެ ހަތިޔާރު އެޅި ބާރުތައް އޮތީ ފުރިހަމައަށް ތައްޔާރުވެ، ފުލް އެލާޓްގައެވެ.
އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް އާ އުކުޅުތައް ބޭނުންކޮށްގެން އެކި ގޮތްތައް ރޭވުންތެރިކަމާއި އެކު ހަމަލާދިނުމަށް "ތިންވަނަ މަރުހަލާގެ ހަނގުރާމައިގެ ޕްލޭން" އެކުލަވާލާފައިވާ ކަމަށްވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައިވެއެވެ.
Ads by BMLމި ނުތަނަވަސްކަމާ ގުޅިގެން ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ހުއްދަ ދެއްވުމުގެ ފުރުސަތު ބޮޑެވެ.
މި ނިންމުމާއެކު މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. އީރާނުން ވައިގެ ސަރަހައްދު ބަންދުކުރުމަކީ ބޮޑު ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
