މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ ހޫނުމިން 45 ޑިގްރީއަށް މަތިވާނެކަމަށް ލަފާކޮށްފި
މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރާ ގޮތުގައި މި ދުވަސްވަރު މައްކާއަށް ގަޑިއަކު 23 މޭލު ބާރުމިނުގައި ވައިޖެހެމުންދިޔަ ނަމަވެސް، ޖައްވުގެ ހޫނުކަމުގެ ސަބަބުން ވައިގައިވެސް ހޫނުކަން ހިފާފައިވެއެވެ. މީގެ ސަބަބުން އިހުސާސުކުރެވޭ ހޫނުމިން އިތުރަށް މަތިވެ، ޖައްވުގައި ހިރަފުހުގެ އަސަރު ހުންނާނެކަމަށް ބެލެވެއެވެ. ރޭގަނޑު ފިނިހޫނުމިން އާންމުކޮށް 32 ޑިގްރީގައި ހުރި ނަމަވެސް، ދުވާލު އެންމެ ބޮޑަށް ހޫނުގަދަވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ދެމެދުގައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އިލްތިމާސްތައް
ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނިކުތުން މަދުކުރުމަށް ސައުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް 2024 ވަނަ އަހަރަކީ 51 ޑިގްރީއަށް ހޫނުމިން މަތިވެ، 1000 އަށްވުރެ ގިނަ ޙާޖީން ނިޔާވި އަހަރަކަށް ވާތީ، މިއަހަރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިންމެވެ.
ޙާޖީންނަށް ދީފައިވާ ލަފާގެ ތެރޭގައި ގިނަގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުމާއި، އަލި ކުލައިގެ ކުޑަ ބޭނުންކުރުން ހިމެނެއެވެ. އަދި އިޙުރާމުގައި ނުހުންނަ ވަގުތުތަކުގައި ތޮފި އެޅުމާއި، އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކުރުމަށް ސަން ކްރީން ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ.
ސައުދީ ސަރުކާރުން ޤާއިމުކޮށްފައިވާ ވަސީލަތްތައް
ޙާޖީންގެ ލުއިފަސޭހައަށްޓަކައި ސައުދީ ސަރުކާރުން ވަނީ ޙައްޖުގެ ތާރީޚުގައިވެސް ބިނާކުރި އެންމެ ބޮޑު ފިނިކުރުމުގެ ނިޒާމު ޤާއިމުކޮށްފައެވެ. އެގޮތުން އަރަފާތުގައި ފިނިކުރާ ވަސީލަތްތައް ހުރި ސަރަޙައްދު 5 ގުނަ ބޮޑުކޮށް، 270 ހާހަށްވުރެ ގިނަ އަކަމީޓަރުގެ ސަރަޙައްދެއް ވަނީ ފިނިކޮށްފައެވެ. އަދި އަރަފާތު ފަރުބަދަ ހިމެނޭ ސަރަޙައްދުގައި 18 ހިޔާގަނޑާއި 140 އަށްވުރެ ގިނަ ފެން ވިއްސާ ފަންކާ ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން، މިނާއާއި ޢަރަފާތް އަދި ޙަރަމްފުޅު ވަށައިގެން 400 އަށްވުރެ ގިނަ ކޫލިންގ ސްޓޭޝަންތައް ވަނީ ޤާއިމުކޮށްފައެވެ. އަދި ބިންމަތީގެ ހޫނުމިން 20 ޑިގްރީ ދަށްކޮށްދޭ ޚާއްޞަ ހުދު ކުލައިގެ ހީޓް-ރިފްލެކްޓިވް މަގުތައްވެސް ވަނީ ތައްޔާރުކޮށްފައެވެ. އަންނަ އަހަރުން ފެށިގެން ޙައްޖު މޫސުން މަޑުމަޑުން ސައުދީގެ ފިނި މޫސުމާ ދިމާވާން ފަށާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ފެށެން ކުޑަތަންވެފައިވާއިރު، މައްކާއާއި މިނާ އަދި އަރަފާތުގެ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މިހާރުވެސް މައްކާގެ ހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ޙައްޖުގެ މަޝާއިރުގެ ދުވަސްތަކުގައި މި އަދަދު 45 ޑިގްރީއަށް މަތިވެދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Ads by MACL