ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެއިން ބިމެއް ކޮންނަމުންދަނިކޮށް ބޮޑު ބަޑިއެއް ފެނިއްޖެ

ރޭ ފެނުނު ބޮޑު ބަޑި: ފޮޓޯ/ އަހުމަދު އަންވަރު (އެކްސް)
ރޭ ފެނުނު ބޮޑު ބަޑި: ފޮޓޯ/ އަހުމަދު އަންވަރު (އެކްސް)

މާލޭގައި އިމާރާތެއް އެޅުމަށް ކޮންނަމުން ދަނިކޮށް ބަޑިއެއް ފެނިއްޖެއެވެ.

އެ ބަޑި ފެނިފައިވަނީ ކުރީގެ ހަބީބް ބޭންކް ހިންގި ޗާންދަނީމަގު 23 ނަމްބަރު ފިހާރަ ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެ ބިން ރޭގެ ވަގުތެއްގައި ކޮންނަމުން ދަނިކޮށެވެ. 

މިނިސްޓަރު އާދަމް ނަސީރު މީޑިއާތަކަށް ވިދާޅުވީ އެ ބަޑި ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އާދަމް ނަސީރު ވިދާޅުވީ އެ ވައްތަރުގެ ބަޑިތަކެއް ދަރުލް އާސާރުގައިވެސް އެބަހުރި ކަމަށެވެ. ބޮޑު ރަސްގެފާނުވެސް އޭގެ 14 ބޮޑު ބަޑި ބައްލަވައިގެންނެވި ކަމަށާއި، އެކަމަކު ފެނުނީ ސީދާ އެ ވައްތަރެއް ބަޑިތަކެއްކަން ޔަގީންނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ދާރުލް އާސާރުގަައި ހުރި އެހެރަ ވައްތަރުގެ ބަޑިކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮންނަނީ. 7 ބަޑީގެ ސަލާން ޖެހުމަށްވެސް ބޭނުންކުރާ ބަޑިއެއް"

މިނިސްޓަރު ވިދާޅުވީ ފެނުނު ބަޑި އޮތީ ވަރަށް ބޮޑަށް ދަބަރު ޖަހާފައިވާ ކަމަށާއި، އެ ސާފުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއާ ބެހޭ އިތުރު މައުލޫމާތު އެނގޭނީ ދިރާސާތަކަށް ފަހު ކަމަށް ވިިދާޅުވި އެވެ.

އެއިން ބަޑިއެއް ގައި ދޮޅުޓަނު ހުންނާނެ އެވެ. މާލެއަށް ބަޔަކު އަރާފާނެތީ ދިފާއުވުމަށްޓަކައި މީގެ ކުރިން އެ ބަޑިތައް ބޭނުންކުރި އެވެ.