ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުސްވެފައި އޮތް ކަށިކެޔޮގަނޑަކާއިއެކު މީކާއިލް ނެގި ފޮޓޯއަކަށް ސަމާލުކަން ހުއްޓިއްޖެ!

ހުސްވެފައި އޮތް ކަށިކެޔޮގަނޑަކާއިއެކު މީކާއިލް ނެގި ފޮޓޯއަކަށް ސަމާލުކަން ހުއްޓިއްޖެ!

މަޖިލިސް މެންބަރު މީކާއިލް ނަސީމް ރަށެއްގެ އާންމު މީހަކާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ވަނީ ހުއްޓިފައެވެ. މި ފޮޓޯއިން ފެންނަނީ ހިނިތުންވުމަކާއެކު ހުސްފައި އޮތް ކަށިކެޔޮގަނޑެއް ހިފަހައްޓައިގެން މީކާއިލް ހުންނަވާ މަންޒަރެވެ.

މި ފޮޓޯއަށް ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލާފައިވަނީ އޭނާގެ އަތުގައި އޮތް ކަށިކެޔޮގަނޑުގެ ސަބަބުންނެވެ. މި ކަށިކެޔޮގަނޑުގެ ބޮޑު ބައެއް އޮތީ އޭގެ ވައްތައް ރޫޅާލައިފައެވެ.

ސިޔާސީ ބައެއް ފަރާތްތަކުން މި ފޮޓޯ ގުޅުވަނީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ އޮއިވަރާއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަވަމުން، "ކަށިކެޔޮގަނޑު ރޫޅާލާނެ" ކަމަށް ވިދާޅުވި މަޝްހޫރު ބަސްފުޅު ގިނަ ބަޔަކު ވަނީ ހަނދާން އާކޮށްފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާރު ވާދަކުރައްވަމުން ގެންދަވާ މީކާއިލް، ރޫޅިފައިވާ ކަށިކެޔޮގަނޑެއް ހިއްޕަވައިގެން ހުންނެވި މަންޒަރަކީ ނަޝީދުގެ އެ ބަސްފުޅާ ދިމާވާ ސިޔާސީ ރަމްޒެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ.

ފޮޓޯއިން ފެންނަ ގޮތުގައި މީކާއިލް ހުންނެވީ ވަރަށް އާދައިގެ ހުދު ގަމީހެއްގައެވެ. އޭނާގެ ފަހަތުގައި އާންމު ރައްޔިތަކު ހުރެއެވެ. މި މަންޒަކުން ރަށްފުށުގެ ސާދާ ދިރިއުޅުމާއި، ރައްޔިތުންނާ އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ ކަމަށް ފޮޓޯއަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން ފޮޓޯގެ އެއްފަރާތުން ކާ އެއްޗެއް އަޅާފައި ހުރި ތަށްޓެއް ދިއްކޮށްލައިގެން ހުންނަ މަންޒަރުވެސް ފެނެއެވެ. މިއީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ކަށިކެޔޮ ކޮށައިގެން މެހެމާންދާރީ އަދާކުރާ ވަގުތެއްގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ.

މި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ތަފާތު ޚިޔާލުތައް ދަނީ ފާޅުކުރަމުންނެވެ. ބައެއް މީހުން ކަށިކެޔޮގަނޑާއި ގުޅުވައިގެން ޖޯކު ޖަހަމުންދާއިރު، އަނެއް ބަޔަކު ބުނަނީ މިއީ ސިޔާސީ ބޭފުޅުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުންނާ ބާއްވާ ގާތްގުޅުން ހާމަކޮށްދޭ ރީތި މަންޒަރެއް ކަމަށެވެ.