ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައްޔިތުންނަށް ހެޔޮ ދަރުމައަށް އެދިވަޑައިގެން ރައީސްގެ ދެކަނބަލުން ދުޢާކުރައްވައިފި

ރައްޔިތުންނަށް ހެޔޮ ދަރުމައަށް އެދިވަޑައިގެން ރައީސްގެ ދެކަނބަލުން ދުޢާކުރައްވައިފި

1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހެޔޮ ދަރުމައާއި ޘަވާބު ދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެސެޖެއް ފޮނުއްވައި، ޚާއްޞަ ދުޢާއެއް ކުރައްވައިފިއެވެ.

ރައީސްގެ ދެމަފިރިން ވަނީ މި މުނާސަބަތުގައި ދިވެހި އުންމަތަށާއި ޙައްޖާޖީންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ބަރަކާތްތެރި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސް (X) ގައި ހިއްސާކުރެއްވި މެސެޖެއްގައި، ޙައްޖު ދުވަހަކީ ރަޙްމަތާއި، ބަރަކާތާއި، ބާއްޖަވެރިކަމުގެ އިތުރުން މާތް الله ގެ ރުއްސެވުމާއި ފުއްސެވުން ފުރިގެންވާ ދުވަހެއްކަން ފާހަގަކުރެއްވިއެވެ. ތަލްބިޔާގެ މާތް ބަސްތަކުން މެސެޖު ފައްޓަވަމުން އެމަނިކުފާނު ވަނީ މި ދުވަހުގެ ބަރަކާތް ކޮންމެ ދިވެހި ރައްޔިތަކަށްމެ މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

https://twitter.com/MMuizzu/status/2058969713938686195?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2058969713938686195%7Ctwgr%5Ea4ea80f1f2539ee43404a415166afbdb4d44ce44%7Ctwcon%5Es1_&ref_url=https%3A%2F%2Fvoice.mv%2F48618

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ވަނީ ޙައްޖު ދުވަހުގެ މުނާސަބަތުގައި މެސެޖެއް ޝާއިޢުކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، މިއަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރަމުންދާ އެންމެހައި ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މުޅި އިސްލާމީ އުންމަތަށާއި ދިވެހި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ފުރިހަމަ ގޮތުގައި ލެއްވުން އެދި އެކަމަނާ ދުޢާކުރެއްވިއެވެ.