އަނެއްކާވެސް ޔަހޫދީ އިސްރާއީލުން އިތުރު ހަނގުރާމައެއް ފެށުން، ޔަމަނުގެ ވެރި ރަށާއި އެއާޕޯޓުތަކަށް ހަމަލާދެނީ!
ޔަމަނުގެ ވެރިރަށް ސަނާއަށް ހަމަލާދިނުން އެގިގެންދަނީ އަނެއްކާވެސް އެހެން ހަނގުރާމައެއްގެ ކޮޅުމަތިކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
އިސްރާއީލާއި ޔަމަނުގެ މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަނާއަށް ހަމަލާދޭން ރަސްމީކޮށް ފަށައިފިކަމަށެވެ.
އިސްރާއީލުން ވަނީ އެފަދަ ވަރަށް މަދުން ދޭފަދަ އިންޒާރެއް ދީފައެވެ. މިއީ އެ ޤައުމުން ޔަމަނަށް އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ. މި އިންޒާރަކީ އިސްރާއީލުން ކުރިން ލުބުނާނަށާއި ޣައްޒާއަށް ދީފައިވާ އިންޒާރުތަކާ އެއްފަދަ އިންޒާރެކެވެ.
Ads by BMLމި ޙާލަތުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ މި ހަމަލާތައް ތަކުރާރުވާނެ ކަމެއްތޯ އާއި އިސްރާއީލަށް އިތުރު ހަނގުރާމައެއްގެ ދޮރު ހުޅުވިގެން ދާނެތޯކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.
އިއްޔެ އިސްރާއީލުން ހޮދެއިދާއަށް ދިން ހަމަލާގައި އަމާޒުކުރީ ޔަމަނަށް ގިނަ އިންސާނީ އެހީތައް އެތެރެކުރާ މައި ބަނދަރަށެވެ. މިއަދު އަމާޒުކޮށްފައިވަނީ ސަނާ އެއަރޕޯޓަށެވެ. މިއީ އެ ޤައުމުގެ މައި ވައިގެ ބަނދަރެވެ.
މި އެއަރޕޯޓަށް ހަމަލާދިނުމުގެ ނަތީޖާއަކަށް ވެގެންދާނީ ޔަމަން ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅުން ކެނޑިގެން ދިއުމެވެ. ކަނޑާއި ވައިގެ ބަނދަރުތައް ބަންދުކޮށްލުމަކީ، އިސްރާއީލުން ސީދާ ގޮތުން ޤައުމު ބަންދުނުކޮށް، ނުސީދާކޮށް ބަންދުކުރުމަށް މަސައްކަތްކުރާ ކަހަލަ ގޮތެކެވެ.
Ads by MACL
