ހޫތީންގެ ވަރުގަދަ އިންޒާރެއް، އިސްރާއީލުގެ އަމަލުތަކަށް ރައްދު ނުދީ ނުތިބޭނެ!
ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ދިން ހަމަލާތަށް ކުށްވެރިކުރާ ކަމަށާއި އެ އަމަލުތަކަށް ރައްދު ނުދީ ނުތިބޭނެކަމަށް ހޫތީން ބުނެފިއެވެ.
ހޫތީންގެ ސިޔާސީ ބިއުރޯއިން ނެރުނު ރަސްމީ ބަޔާނެއްގައި، އިސްރާއީލުގެ ޢުދުވާނީ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ އެ ޤައުމުގެ "އިފްލާސްވުމުގެ އިތުރު ހެއްކެއް" ކަމުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، "ޔަމަނުގެ ބަނދަރުތަކާއި، ސަނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، ސިމެންތި އުފައްދާ ކާރުޚާނާތަކާއި، ކަރަންޓު އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ ޔަމަނުގެ ރައްޔިތުންނަށް އިޤްތިޞާދީ ހިޞާރު އެޅުވުން" ކަމަށެވެ.
Ads by BMLމީގެ އިތުރުން، ހޫތީން ހާމަކޮށްފައިވަނީ ޔަމަނަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކަށް "އެކަށީގެންވާ ރައްދެއް ދޭނެ ކަމަށާއި، އަދި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ދެމެހެއްޓޭނެ" ކަމަށެވެ.
ކުރިން ވެސް ރިޕޯޓުކުރެވިފައިވާ ފަދައިން، ހޫތީންގެ ފަރާތުން ހާމަކޮށްފައިވަނީ އިސްރާއީލަށާއި ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް އެ ޖަމާޢަތުން ދެމުންދާ ހަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ހަނގުރާމަވެރިން ހިންގަމުންދާ އަނިޔާވެރި ޢަމަލެރި ޢަމަލުތައް ހުއްޓުވުމަށް އިސްރާއީލަށް ބާރު ފޯރުވުން ކަމަށް ވަނީ ބުނެފައެވެ.
Ads by MACL
