އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއްދީފި
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކުވެއިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި މެދުއިރުމަތީގައި ހިނގި އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ ގާތްގަނޑަކަށް 200 އެއްހާ ސިފައިން ވަނީ މަރުވެފައެވެ. ނަމަވެސް، މި އަދަދުތަކާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ނުވަތަ ކުވެއިތުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
Ads by BMLމި ހަމަލާއަކީ ސަރަހައްދީ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ދެވުނު ހަމަލާއެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އާ ހަރުފަތަކަށް ގޮސް، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ފަދަ ނުރައްކާތެރި އަމަލެކެވެ.
މި ހާދިސާއާ ގުޅިގެން ކުވެއިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އަދި މި ހަމަލާއާ ގުޅިގެން އެމެރިކާއިން ދޭނެ ރައްދަކަށް މުޅި ދުނިޔެ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ އީރާނުން ސީދާ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ.
Ads by MACL
