ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލް ނައްތާނުލާ މެދުއިރުމައްޗަށް ސުލްހައެއް ލިބޭކަށް ނެތް: އީރާން

އިޒްރޭލް ނައްތާނުލާ މެދުއިރުމައްޗަށް ސުލްހައެއް ލިބޭކަށް ނެތް: އީރާން

އިޒްރޭކުގެ ދައުލަތް ނައްތާނުލާ މެދުއިރުމައްޗަށް އެއްވެސް ކަހަލަ ސުލްހައެއް ނުވަތަ ހަމަޖެހުމެއް ނާންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ. މިއީ އެ ސަރަހައްދުގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ އަސްކަރީ ބާރުން ދިން ވަރުގަދަ އިންޒާރެކެވެ.

އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިސްރާއީލު ނައްތާނުލާ މެދުއިރުމަތީގައި ސުލްހައެއް ނުވަތަ ހަމަޖެހުމެއް ގާއިމެއް ނުކުރެވޭނެ" ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެއްޓެވި "އަބްރަހަމް އެކޯޑްސް" ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެ ޖަމާއަތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މެދުއިރުމަތީގެ ގައުމުތަކާއި އިޒްރޭލާއި ދެމެދު ގުޅުން ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަކީ "މީހުން މެރުމާއި، ގަތުލުއާންމާއި، ބިރުވެރިކަމުގެ ތަސައްވުރެއް" ކަމަށް ސިފަކޮށް، އައިއާރުޖީސީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ބަޔާނާއެކު، ސަރަހައްދީ ސުލްހައަށް ކުރެވޭ އުންމީދުތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.