ޗެނަލް 13ގެ ސާވާތަކަށް ސައިބާ ހަމަލާއެއްދީ ބްރޯޑްކާސްޓިން މެދުކަނޑާލައިފި
ގޮތް ނޭނގޭ ބަޔަކު ޗެނަލް 13ގެ ސާވާތަކަށް ދިން ވަރުގަދަ ސައިބާ ހަމަލާއަކާ ގުޅިގެން، އެ ޗެނަލްގެ ލައިވް ބްރޯޑްކާސްޓިންގް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ.
އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު 23:53 ހާއިރު ދިން މި ހަމަލާއަކީ ރާއްޖޭގެ ކުރިއަރަމުންދާ މީޑިއާތަކަށް އަމާޒުކޮށް، ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށްޓަކައި ގާނޫނީ އިމުން ބޭރުން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި ބަޔަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރި މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.
ބައިނަލްއަގްވާމީ މިންގަނޑުތަކުން ރާއްޖޭގެ މީޑިއާ އިންޑެކްސް ހަތަރު ދަރަޖަ ފަހަތަށް ޖެހިފައިވާ މި ދަނޑިވަޅުގައި، މީޑިއާތަކުގެ އަނގަބަންދުކޮށް ނޫސްވެރިން ހައްޔަރުކުރުން ފަދަ ކަންކަމުން މީޑިއާތައް ފަހަތަށް ނުޖެހޭނެ ކަމަށާއި، މިފަދަ ގޮންޖެހުންތަކާއެކު މީޑިއާގެ އަޑު އިތުރަށް ގަދަވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، މީޑިއާތަކުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ޕްރެސް އޮޕަރޭޝަންތަކަށާއި މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ބުނެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
https://twitter.com/mjamaldives/status/2060254754006306985
Ads by MACL
