ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ކ. ގުރައިދޫ
ކ. ގުރައިދޫ

ކ. ގުރައިދޫގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މެދުރާއްޖެ ތެރޭގެ ރަށެއްގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު ކަމަށް ބުނާ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކުއްޖާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް އާއިލާއިން ބޭނުންވެގެން އިތުރަށް ޓެސްޓުތައް ހަދަން ވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު އެ ކުއްޖާ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.