ޢީދު ކުޅިވަރު ހަރަކާތެއްގެ ތެރެއިން ވާދޫ ކައުންސިލް މެމްބަރު އަދި ފުޓްސަލް ކުޅުންތެރިޔާ، ނާއިލްއަށް އަނިޔާވެ ފަރުވާދެނީ!
ޢީދު ކުޅިވަރު ހަރަކާތެއްގެ ތެރެއިން ގދ ވާދޫ ކައުންސިލް މެމްބަރ، އަދި މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ ނާއިލް ( އެޑީ ) އަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
ވާދޫއިން ޖީލަށް މައުލޫމާތު ލިބުނު ގޮތުން، ނާއިލް އަށް އަނިޔާ ވީ ވާދެމުމުގެ މެޗެއް ނިންމައި، ޖެހިގެން އޮތްމެޗު ބަލަން ދަނޑު ބޭރުގައި ނާއިލް ހުއްޓައި، ތަނުގައި ބޭނުންކުރި ކުރި ގޭޓު އަރި އަޅާލި ވަގުތު އޭގެން، ބައެއް ނާއިލްގެ ކަނދުރާ މައްޗަށް ވެއްޓިގެން ކަމަށެވެ.
ނާއިލްގެ އިތުރު ފަރުވާއަށް މި ވަގުތު ވަނީ، ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
Ads by BMLނާއިލްއަކީ ރާއްޖޭގެ ފުޓްސަލް ތަރިންގެ ތެރޭގައި ހިމެނޭ މޮޅު ފުޓްސަލް ކުޅުންތެރިއެކެވެ.
މީގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދޫއަށް ރަނާރަޕްކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ވެސް ނާއިލް އެވެ.
އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ނާއިލް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.
Ads by MACL
