ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފި

ރައީސް މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ----
ރައީސް މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ----

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މި ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ފުރާވަޑައިގަތީ މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަހުއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދަތުރުފުޅަކަށް ވާތީ، މި ދަތުރުފުޅުގެ މައިގަނޑު ހުރިހާ ޚަރަދެއް ކުރައްވާފައިވަނީ އެމަނިކުފާނު އަމިއްލަފުޅުން ކަމަށް މަޢުލޫމާތު ލިބެއެވެ.