ގަތަރު އެއާވޭސް ހިމެނޭހެން ގިނަ އެއާލައިންތަކުން އިންޑިއާ-ޕާކިސްތާނަށް ދަތުރުކުރުން ހުއްޓާލައިފި
ގިނަ އެއަރލައިންތަކުން އިންޑިއާ އަދި ޕާކިސްތާނަށް ކުރާ ދަތުރުތައް މެދުކަނޑާލަމުން އެބަގެންދެއެވެ.
އެއަރ އިންޑިއާއިން ވަނީ 9 ސިޓީއަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
މި ސިޓީތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޖަމްމޫ، ސްރީނަގަރ އަދި ލޭ، އިންޑިއާގެ ހުޅަނގު ސްޓޭޓް ގުޖަރާތުގެ ޖަމްނަގަރ، ރާޖްކޮޓް އަދި ބުޖު، އަދި އިންޑިއާގެ ހުޅަނގު އުތުރު ސްޓޭޓް ޕަންޖާބުގެ އަމްރިތްސަރއެވެ.
Ads by BMLއެ އެއަރލައިނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން އިތުރު އަޕްޑޭޓްތައް ލިބެންދެން، ބުދަ ދުވަހުގެ މެންދުރާ ހަމައަށް މި ރޫޓުތަކަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާނެއެވެ.
އިންޑިއާގެ ސްޕައިސްޖެޓް އަދި އިންޑިގޯއިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ އުތުރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކަށް، ޚާއްޞަކޮށް ޖަމްމޫ އަދި ދަރަމްޝާލާއަށް ކުރާ ދަތުރުތަކަަށް ވަނީ ބުރޫއަރާފައެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސްއިން ވަނީ މިހާރު ވައިގެ މަތީގައިވާ ދަތުރުތައް ކަރާޗީއަށް ބަދަލުކުރާނެކަން ރަސްމީކޮށް އަންގާފައެވެ.
ޤަތަރު އެއަރވޭޒްއިން ވަނީ ޕާކިސްތާނުގެ އެއަރސްޕޭސް ބަންދުކުރުމާ ގުޅިގެން، ވަގުތީގޮތުން ޕާކިސްތާނަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާކަން އިޢުލާނުކޮށްފައެވެ.
Ads by MACL
