މަޖިލީހުގެ ނައިބު ރައީސަކަށް ވާދައެއް ނުކުރަން: ފަލާހް
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަ ނުކުރައްވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވުމުން ޕީއެންސީ ތެރެއިން އެ މަގާމަށް ޝައުގުވެރިކަން ހުރި ނަންތަކެއް ވަނީ މީޑިއާތަކަށް ތިލަވެފައެވެ.
ނަމަވެސް މީޑިއާތަކުން މިކަން ރިޕޯޓު ކުރި ފަހުން، ފަލާހު ވަނީ މިކަމާ ގުޅޭ ޕޯސްޓެއް މިއަދު އެކްސްގައި ކުރައްވާފަ އެވެ.
"ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
Ads by MACL
