ސަމާލުވޭ، މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު
މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފިއެެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒުން މެދުރާއްޖެތެރޭގެ ސަރަޙައްދަކަށް ރީނދޫ އިންޒާރު ދީފައިވެއެވެ.
މި އިންޒާރު ދީފައިވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.
މިއަދު ހެނދުނު 6:30 އިން 11:30 އަށް ދެމިގެންދާގޮތަށް ނެރެފައިވާ މި އިންޒާރުގައި، އިސްވެދެންނެވުނު ސަރަޙައްދުތަކަށް ގަދަފަދަ ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ.
Ads by BMLފާއިތުވި ރޭ ދަންވަރު މާލެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ކުރު މުއްދަތެއްގެ ތެރޭގައި ފެންބޮޑުވުމުގެ ޙާލަތު ކުރިމަތިވިއެވެ. މިވަގުތު ދިވެހި ސިފައިންގެ ޚިދުމަތުން ވަނީ މާލޭގެ ދެ ސަރަޙައްދެއްގައި ޕަންޕު ބަހައްޓައި، ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
Ads by MACL
