ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑައިމަންޑް ޖުބުލީ: 23 ކުޅުންތެރިންނާއި އެކު ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި

ޑައިމަންޑް ޖުބުލީ: 23 ކުޅުންތެރިންނާއި އެކު ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބުލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ.
މާދަމައިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 32 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު ވަނީ މަހެއްހައި ދުވަސް ވެފައެވެ.

ފައިނަލް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ) ހިމެނެއެވެ. މި ދެ ކުޅުންތެރިންނަށް ފުރުސަތު ގެއްލުނީ ސީޒަން ނިމުނުފަހުން ކުޅުނު މުބާރާތެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމުންނެވެ. މީގެ އިތުރުން ޒުވާން ބައެއް ކުޅުންތެރިންނަށް ވެސް ފައިނަލް ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ. ނަމަވެސް، ވަގުތީ ސްކޮޑުގައި ނުހިމެނޭ ޙަސަން އީނާޒް އަށް ވަނީ ފައިނަލް ސްކޮޑުން ޖާގަ ދީފައެވެ.

ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު


އިއުލާނުކުރި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ:

  • އަލީ އަޝްފާޤް

  • މުޙައްމަދު ފައިސަލް

  • އަމްދާން އަލީ

  • އިބްރާޙީމް އައިސަމް

  • ނާއިޒް ޙަސަން

  • އަލީ ފާސިރު

  • އިބްރާޙީމް މަހުދީ ޙުސެއިން

  • އިބްރާޙީމް ވަހީދު ޙަސަން

  • މުޙައްމަދު އިލާން އިމްރާން

  • އަޙްމަދު އައިހަމް

  • ހަމްޒާ މުޙައްމަދު

  • ހައިޝަމް ޙަސަން

  • ޙަސަން އީނާޒް

  • ޠާއިފް ޤާސިމް

  • އަޙްޒަމް ރަޝީދު

  • ނާޝިއު އަޙްމަދު ޝިހާމް

  • އަޙްމަދު އައިހަމް

  • އަބްދުﷲ ލޫތު އިބްރާޙީމް

  • ޙުސެއިން ޝަރީފް

  • ނައްސާޙް އިބްރާޙީމް ނާސިޙް

  • ޙުސެއިން ޝިފާއު ޔޫސުފް

  • މުޙައްމަދު ޝަފީއު

  • އަޙްމަދު އަބްދުﷲ


މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ހެޑް ކޯޗު އިސްޓަވާން އުރުބާނީ އެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، އަފްޣާނިސްޠާން އަދި ޕާކިސްތާނެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ދިވެހިރާއްޖެ ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ބްރޯޑްކާސްޓް ކުރާނެއެވެ.