ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

20 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަންދާލުމުން 25،000 މީހުން މަސްތުވެއްޖެ

މަސްތުވާތަކެތި އަންދާލުމަށް ބޭނުންކުރި ސަރަހައްދު
މަސްތުވާތަކެތި އަންދާލުމަށް ބޭނުންކުރި ސަރަހައްދު

20 ޓަނުގެ މަސްތުވާތަކެތި އަންދާލުމުގެ ސަބަބުން ތުރުކީގެ ދިޔާރުބަކިރު ސަރަޙައްދުގެ ލީސެ ނަމަކަށް ކިޔާ ރަށުގެ 25،000 މީހުން މަސްތުވެއްޖެއެވެ.

އެއީ ފުލުހުން ހިފަހައްޓާފައިވާ އެތައް ޓަނެއްގެ ކެނެބިސް ރަށުގެ މެދުތެރޭގައި އަންދާލުމުގެ ސަބަބުން ދިމާވި ކަމެކެވެ.

ރިޕޯޓުތައް ބުނާގޮތުން އޭޕްރީލް 18 ވަނަ ދުވަހު، ތުރުކީގެ އިދާރާތަކުން ލީސެގައި 20 ޓަނަށްވުރެ ގިނަ ހިފެހެއްޓިފައިވާ ކެނެބިސް އަންދާލުމުގެ އޮޕަރޭޝަނެއް ހިންގިއެވެ.

މިކަމުގެ ސަބަބުން ރަށުގެ ވައި މަސްތުވާތަކެތީގެ ދުމުން ފުރިގެން ދިޔައެވެ. މަދުވެގެން ފަސް ދުވަހުގެ މުއްދަތަކަށް، މީހުންނަށް ކުޑަދޮރުތައް ހުޅުވާފައި ބޭއްވުމާއި، މަސްތުވެ ބޯ އެނބުރުމާއި، ގައިބާރުދެރަވުމާއި، އަދި ވާނުވާ ނޭގުމުގެ ސަބަބުން މަގުތަކަށް މީހުން ނުކުތުން ހުއްޓާލަން ޖެހުނެވެ.

ނައްތާލެވުނު ކެނެބިހުގެ އަގަކީ 10 ބިލިއަން ތުރުކީ ލީރާ (261،433،808 އެމެރިކާ ޑޮލަރު) އެވެ. އޭގެ ބަރުދަނަކީ 20 ޓަނާއި 766 ކިލޯ އަދި 679 ގްރާމެވެ. މިއީ 2023 އަދި 2024 ވަނަ އަހަރު ދިޔާރުބަކިރު ސަރަޙައްދުގެ އެކި ހިސާބުތަކުން ހިފެހެއްޓިފައިވާ މަސްތުވާތަކެއްޗެވެ.

"މަސްތުވާތަކެތީގެ ވަސް މި ސަރަޙައްދުގައި ގިނަދުވަސްތަކެއް ވަންދެން ވަނީ ފެތުރިފަ. އަޅުގަނޑުމެންނަށް ކުޑަދޮރުތައް ހުޅުވޭކަށް ނެތެވެ. އަޅުގަނޑުމެންގެ ކުދިން ބަލިވެއްޖެއެވެ. އަޅުގަނޑުމެން އަބަދުވެސް ދަނީ ހޮސްޕިޓަލަށެވެ."

https://twitter.com/AmidaHaber/status/1914606659688611887

ޔެޝިލް ޔިލްދިޒް އެސޯސިއޭޝަންގެ ޗެއަރމަން، ޔަހްޔާ އޯގަރ ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިދާރާތަކުން ހޯދާފައިވާ ކާމިޔާބީ މުހިންމު ކަމުގައި ވީނަމަވެސް، ކެނެބިސް ނައްތާލެވުނު ގޮތް ރަނގަޅު ނޫން ކަމަށެވެ.

އޭނާ ބުނީ ކެނެބިހުގެ ކޮތަޅުތައް އަރުވައިގެން ރަށުގެ ނަން ކަމުގައިވާ "ލީސެ" އަލިފާނުގެ އަކުރުތަކުން ލިޔެފައި އޮތުމަކީ ހަމައެކަނި ރައްޔިތުންނަށް އިތުރު ގެއްލުމެއް ދިނުން ކަމަށެވެ.

މިއީ ފަހަރެއްގައި ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވުނު ކަމެއް ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، މިކަން ރަށުގެ މެދުތެރޭގައި ނައްތާލެވުނު ކަމުގައި ވުމުން، އަނދާ ކެނެބިހުގެ ދުމުގެ ސަބަބުން މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއެވެ.