ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުޅިރާއްޖެއާއި، އަޝްފާގަށް ޚާއްސަ ވަގުތުކޮޅެއް: ރޮނާލްޑޯ އާއި މެސީއާއިއެކު ގައުމީ ޓީމަށް 100 މެޗު ހަމަކުރި ކުޅުންތެރިންގެ ލިސްޓަށް!

މުޅިރާއްޖެއާއި، އަޝްފާގަށް ޚާއްސަ ވަގުތުކޮޅެއް: ރޮނާލްޑޯ އާއި މެސީއާއިއެކު ގައުމީ ޓީމަށް 100 މެޗު ހަމަކުރި ކުޅުންތެރިންގެ ލިސްޓަށް!

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަކީ ހަމައެކަނި ދިވެހިންގެ ފަޚުރެއް ނޫނެވެ.

އޭނާއަކީ މުޅި ދެކުނު އޭޝިއާގެ އިތުރުން، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަދަ ލެޖެންޑެކެވެ.

ގައުމީޓީމަށް ކުޅެދީފައިވާ މެޗުތަކާއި ޖަހާފައިވާ ގޯލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދަގަނޑޭގެ ނަން ލިޔެވިގެންދަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި މޮޅު ކުޅުންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީ ފަދަ ތަރިންނާ އެއްސަފެއްގައެވެ.

ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ޑައިމަންޑް ޖުބުލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 23 ކުޅުންތެރިންގެފައިނަލް ސްކޮޑުން އަލީ އަޝްފާޤަށް ވަނީ ޖާގަ ލިބިފައެވެ.

ހެޑް ކޯޗު އިސްޓަވާންއުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމު މިރޭ އަފްޣާނިސްޠާނާ ދެކޮޅަށް ނިކުތްއިރު މިއީ މުޅި ދިވެހި ކުޅިވަރުގެ ތާރީޚު ގައިވެސް ރަންއަކުރުން ފަވާލެވޭނެ މުހިންމު މެޗެކެވެ.

ސަބަބަކީ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދިން ތާރީޚީ 100 ވަނަ މެޗަށް ވުމެވެ.

އުމުރުން އެންމެ 18 އަހަރުގައި، 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގައުމީ ޓީމަށްކުޅެން ފެށި އަޝްފާގު ވަނީ މިހާތަނަށް ރާއްޖެއަށް 99 މެޗު ކުޅެދީފައެވެ.

ދާދިފަހުން މާރޗް 2026 ގައި އޭނާ އަލުން ގައުމީ ސްކޮޑަށް ނަގައި، މިހާރު ކުރިއަށްދާ މުބާރާތުގެ ފައިނަލް ސްކޮޑުން ޖާގަ ކަށަވަރުވުމާއެކު، ސައްތައިންސައްތަ ރެކޯޑަކާއެކު ގައުމީޓީމަށް އޭނާކުޅޭ 100 ވަނަ މެޗް ހަމަކުރުމުގެ ޝަރަފު މިރޭގެ މެޗާއިއެކު ވަނީ ހަމަވެފައެވެ.

މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ލިސްޓުން ދިވެހިކުޅުންތެރިއަކަށް ޖާގަ ލިބިގެންދާ ފަޚުރުވެރި ވަގުތުކޮޅެކެވެ.

އަޝްފާގުގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ފެންވަރުގައި ސާބިތުވެގެންދިޔައީ 2013 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނަ ބައިނަލްއަގުވާމީ ގޯލު ޖެހި ކުޅުންތެރިންގެލިސްޓުގެ 2 ވަނަ އޭނާ ހޯދި ހިސާބުންނެވެ.

އެ އަހަރު އޭނާ ޖެހި 23 ގޯލާއެކު،ލިއޮނަލް މެސީ އަދި އިބްރަހިމޮވިޗް ފަދަ ދުނިޔޭގެ ނޫސްވެރި ތަރިން ފަހަތަށްޖައްސާލައި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ހަމައެއްގައި އޭނާ ވާދަކުރިއެވެ.

މީގެއިތުރުން، 21 ވަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ހެޓްރިކް ހެދިކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ، މެސީ އަދި ނޭމާއެކު ދަގަނޑޭގެ ނަންހިމެނުމަކީވެސް އާދައިގެ ކަމެއް ނޫނެވެ.

ގައުމީ ޓީމަށް ކުޅޭ މެޗުތަކުން ގޯލު ޖަހާ ނިސްބަތަށް (Goals-per-appearance ratio) ބަލާއިރު، ދަގަނޑޭގެ ރޭޝިއޯ ރޮނާލްޑޯ، މެސީ އަދި ލެވަންޑޮވްސްކީއަށްވުރެމަތީގައި އުޅުނު ދުވަސްތައް ގިނައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 98 މެޗުން 58 ގޯލު ޖަހައިދީ، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުދިފާއުކޮށްފައެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެތާރީޚުގައި 23 ގޯލާއެކު އޭނާއަކީ އަދިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ޚާއްސަކޮށް 2013 ވަނަ އަހަރުގެ ސާފް މުބާރާތުގައި ސްރީލަންކާ ކޮޅަށް އެއްމެޗެއްގައި 6 ގޯލު ޖަހައި ހެދި "ޑަބަލް ހެޓްރިކް" އަކީ ސަރަހައްދީ ފުޓްބޯޅައިގެ ތާރީޚުންދުވަހަކުވެސް ފޮހެވިގެންދާނެ ސަފުހާއެއް ނޫނެވެ.

މީގެ އިތުރުން 2008 އަދި 2009 ވަނަ އަހަރު އޭޝިއާގެ އެންމެ މޮޅު 10ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އަލީ އަޝްފާގަކީ ހަމައެކަނި ލަނޑުޖަހާމެޝިނެއް ނޫނެވެ. އޭނާއަކީ ދިވެހި ފުޓްބޯޅައިގެ ހަގީގީ އައިޑޮލްއެވެ.

ދުނިޔޭގެ އެންމެމަތީ ފަންތީގެ ތަރިން ކަމަށްވާ ރޮނާލްޑޯ އާއި މެސީގެ ނަމާ އެއްހަމައެއްގައި ދިވެހިކުޅުންތެރިއެއްގެ ނަން ކިޔުމަކީ މުޅި ގައުމަށް ލިބޭ ބޮޑު ޝަރަފެކެވެ.