އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް، އެ ޒުވާނާ ދިރިއުޅޭ ގޭގެ ވަށައިގެން ފުލުހުން ވަނީ ރައްކާތެރިކަމުގެ ޓޭޕް ދަމައި، އެ ސަރަހައްދު ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން ފަށާފައެވެ.