ފެނަކަ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަނީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާ ކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ފޮނުއްވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.
އެ ކުންފުނިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ އެުންފުނީގައި ވަޒީފާއަދާކުރަމުންދާ ހުރިހާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރިކޯޑް ނުވަތަ ޕޮލިސް ރިޕޯޓް ހޯދުމަށް ބޭނުންވާތ،ީ ހުރިހާ ޑިޕާޓްމަންޓް ތަކާއި އަދި ބްރާންޗްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑް ނުވަތަ ޕޮލިސް
ރިޕޯޓް ހޯދުމަށްފަހ،ު 2026 ޖޫން 11 ވާ ބުރާސްފަތި ރަސްމީގަޑި ނިމުމުގެ ކުރިން އެކުންފުނީގެ ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ.
ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަމުންދާ މި ދަނޑިވަޅަކީ އެކުންފުނީގެ އާ މެނޭޖްމަންޓްގެ ދަށުން ކުންފުނި ހިންގުމުގައި ހަރަދު ބޮޑުވެ މުވައްޒަފުން މަދުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
Ads by BMLޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ ކުންފުނީގެ އިދާރީ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފާއެވެ. އަފީފު ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެންމެ ކުދި ރަށްތަކުން ފެށިގެން އެންމެ ބޮޑު ރަށްތަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އިދާރީ ހިނގުން ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހި ކުންފުނި ރައިޓް ސައިޒު ކުރަން ޖެހުނު ކަމަށެވެ.
މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ކުންފުނީގެ ހެޑް އޮފީހުގެ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޔުނިޓްތަކުގެ އިތުރުން، އަތޮޅުތަކުގެ ބްރާންޗުތަކުގައި މުވައްޒަފުން ތިބެން ޖެހޭ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރެވުނުކަމަށް އަފީފު ވިދާޅުވިއެވެ. އަތޮޅުތަކުގެ ރަށްތަކުގައި ހުރި ފެނަކަ ބްރާންޗުތައް 4 ގިންތިއަކަށް މިހާރު ބެހި އަދަދުތައް ފައިނަލް ކުރުމުގެ މަަސައްކަތް ކުރިއަށްދާކަމަށް އަފީފް ވިދާޅުވިއެވެ.
ފެނަކަ ކުންފުނިން ބްރާންޗުތައް ގިންތި ކުރަނީ ސިޓީތައް އެއީ އެންމެ މަތީ ގިންތި ކަމަށް ބަލައެވެ. އޭގޮތުން 1000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި، އެއަށް ވުރެ ކުޑަވެގެން 500-1000 ކަސްޓަމަރުންނަށް ޚިދުމަތް ދެވޭ ބްރާންޗުތައް، އަދި 500 އާއި 300 ދެމެދު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ބްރާންޗުތައް ގިންތި ކުރެވިފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި އެންމެ ކުޑަ ބްރާންޗުތައް ކަމަށް ކަނޑައަޅާފައިވަނީ 300 އަށް ވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ބްރާންޗުތަކެވެ.
Ads by MACL
