ރާމޯސްގެ ހިސާބުތަކުން ދައްކަނީ ރޮނާލްޑޯގެ ޕޯޗުގަލް ވޯލްޑް ކަޕް ތަށި ނަގާނެ ކަަމަށް!
ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް، ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ފޭވަރިޓުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން، އާޖެންޓީނާއަށް މި މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފިއެވެ.
ނޫސް ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރާމޯސް ބުނީ އާޖެންޓީނާއަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"އާޖެންޓީނާ؟ މިފަހަރު އެކަން ވާނެ ކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އާޖެންޓީނާގައި ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި، އެކަމަކު ވޯލްޑް ކަޕެއް ކާމިޔާބު ކުރުމަށް އިންޑިވިޖުއަލް ހުނަރަށްވުރެ ބޮޑެތި އެހެން ކަންތައްތަކެއް އެބަ ބޭނުންވޭ،" އާޖެންޓީނާގެ ޓީމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުންޏެވެ.
އަދި އެހެން ޓީމުތަކާ އަޅާބަލާއިރު އާޖެންޓީނާގެ ފަރާތުން މުބާރާތުގައި މާ ދުރަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ރާމޯސް ދެކެނީ ޕޯޗުގަލްއެވެ. އޭނާ ބުނި ގޮތުގައި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޕޯޗުގަލްއެވެ.
"ޕޯޗުގަލްގެ ތަޖުރިބާ އާއި، ސްކޮޑުގެ ވަރުގަދަކަމަށް ބެލިޔައް ފެންނަނީ މުޅިން ތަފާތުކަމެއް. ޕޯޗުގަލް ޓީމަކީ ކޮން ެފަދަ ވަގުތެއްގައި މެޗެއްގެ ނަތީޖާ ބަދަލުކޮށްލަފާނެ ގާބިލުކަން ހުރި ކުޅުންތެރިން ތިބި ޓީމެއް." ރާމޯސް ބުންޏެވެ.
ޚާއްޞަކޮށް ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުނީ، މީހުން އޭނާގެ އުމުރާ ބެހޭގޮތުން ވާހަކަ ދެއްކި ނަމަވެސް، ރޮނާލްޑޯއަކީ މުޅި ކެރިއަރުގައިވެސް މީހުން ދައްކާ ވާހަކަތައް ދޮގުކުރަމުން އައިސްފައިވާ މުޅިން ތަފާތު ވިސްނުމެއްގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފުޓުބޯޅަ ކެރިއަރު އެންމެ ފުރިހަމަ ނިންމާލުމަކުން ނިންމާލާނެ ކުޅުންތެރިއަކަށް ބޭނުންވާނަމަ، އެ ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ ކަމަށް އޭނާ ބުންޏެވެ.
Ads by BMLރާމޯސްގެ ވާހަކަ ނިންމާލަމުން ބުނީ، އޭނާގެ ނަޒަރުގައި އާޖެންޓީނާއަށް މި ވޯލްޑް ކަޕް ކާމިޔާބެއް ނުކުރެވޭނެ ކަމަށާއި، ޕޯޗުގަލްއަށް އޮތް ފުރުސަތު މާ ބޮޑު ކަމަށެވެ. އަދި މުބާރާތުގެ ނިމުމުގައި ތަށި އުފުލާލާ މީހަކަށް ރޮނާލްޑޯ ވުމަކީ ވަރަށް ގާތް ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
Ads by MACL
