މިފަހަރުގެ ވޯލްޑް ކަޕްގައި އިކާ ކަސިއަސް ގެ ފޭވަރިޓަކީ ވެސް ޕޯޗުގަލް
ސްޕެއިންގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިކާ ކަސިއަސް ބުނިގޮތުގައި، މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ސްޕެއިންއަށް މުބާރާތް ކާމިޔާބު ނުކުރެވިއްޖެ ނަމަ، ދެން އެ ތަށި އުފުލާލާތަން ދެކެން ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއިންނެވެ.
އޭނާ ބުނީ އަމިއްލަ ގައުމު ފިޔަވައި މިފަހަރގެ ވޯލްޑް ކަޕްގެ ފޭވަރިޓަކީ ޕޯޗުގަލް ކަމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަސިއަސް ބުނީ، އޭނާގެ ފުރަތަމަ ޗޮއިސްއަކީ އަބަދުވެސް އަމިއްލަ ގައުމު ކަމަށްވާ ސްޕެއިން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާތީ އަބަދުވެސް އެންމެ ބޮޑަށް ސަޕޯޓް ކުރާނީ އެ ގައުމަށް ކަމަށެވެ. ނަމަވެސް ސްޕެއިން މުބާރާތުން ކަޓައިފި ހާލަތެއްގައި ދެން އޭނާ ތާއީދު ކުރާނީ ޕޯޗުގަލްއަށް ކަމަށް ބުންޏެވެ.
Ads by BMLޕޯޗުގަލް އިޚްތިޔާރު ކުރި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަސިއަސް ބުނީ، އެ ގައުމު ފޭވަރިޓުންގެ ގޮތުގައި ޚިޔާރު ކުރީ ދަންނަ މީހުން އުޅޭތީއާއި، ޕޯޗުގަލްގެ ފުޓްބޯޅައަށް ހިތުގައި އޮތް އިހުތިރާމެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ޕޯޗުގަލްގެ ކުޅުންތެރިންނާއެކު އަދި އެ ކުޅުންތެރިންނާ ދެކޮޅަށް ވެސް ކުޅެފައިވާކަން ފާހަގަކުރަމުން، އެމީހުން ފުޓްބޯޅައަށް ބަހައްޓާ ފޯރިއާއި ޝައުގުވެރިކަމަށް އަބަދުވެސް ތައުރީފުކުރާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ކުރީގެ ޓީމްމޭޓް ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަސިއަސް ބުނީ، ރޮނާލްޑޯ ޕޯޗުގަލްއަ ތަށި ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެެވެ.
Ads by MACL
