ރައީސް ބައްދަލުކުރެއްވީ، ސައުދީގެ ޝާހީ އާއިލާއެއްގެ އަމީރަކާ، ހަގީގަތަށް ނޫނެކޭ ބުނެގެން ނުވާނެ!
ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގައި އިންވެސްޓްކުރުމަށް ނިންމަވައި، އެކަމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވާ ސަޢޫދީ އަރަބިއްޔާގެ އަމީރަކާ ރައީސް ބައްދަލުކުރެއްވި ޚަބަރާ ގުޅިގެން، ބައެއް މީޑިއާތަކުން އެ އަމީރަކީ ސަޢޫދީ ޝާހީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ބުނެ ޚަބަރު ފަތުރާފައިވެއެވެ.
މި ޚަބަރުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި، އެ ބޭފުޅާގެ ނަސަބާއި ޙަސަބު ކުރު ގޮތަކަށް ދިރާސާކޮށްލުމުން ފާހަގަކުރެވުނު ބައެއް ޙަޤީޤަތްތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދެއްވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.
ހަގީގީ މައްސަލައަކީ ރާއްޖެއަށް ހެޔޮގޮތްނޭދޭ ބަޔަކު ތިބުން.
Ads by BMLހަގީގަތަކީ ޢެއީ ސައުދީގެ ޝާހީ އަައިލާގެ އަމީރެކެވެ. އަމިއްލަ ހައިސިއްޔަތުން ރާއްޖެއަށް އިންވެސްޓްކުރުމަށް އަންނަ ބަޔަކަށް ސައުދީ އެމްބަސީގެ ރަސް އިއްޒަތެއް އަރުވާކަށް ނުޖެހެއެވެ. ކުރަން ބޭނުންވި ކަންތައްތައް ނިންމައި ކަރުދާހުގައި ސޮއި ދިޔުމުން ދެން ދޮގު ވާހަކަ ފެތުރުން ގޯހެއެވެ. ކުރީގެ ތާރީހަކަށް ނަޒަރު ހިންގާލާމާ ހިނގާށެވެ. އައިހެވަން މަޝްރޫއެއް ފަށަން ތައްޔާރުވެ ސޮއި ކުރާ ހިސާބަށް ދިޔަފަހުން ސިޔާސީ ބަޔަކު ސިޔާސަ ވެގެން އޭރުގެ އޮތް ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތުން އެކަން ގެއްލި ދިޔައީއެވެ. ހުރިހާ ދެރައެެއް ރައްޔިތުންނަށެވެ.
ފަހުދަކީ ހުރިހާ ގޮތަކުންވެސް އަމީރެކެވެ. އޭނާގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅުންނަކީ ސަޢުދީގައި ބާރުގަދަ ބޭފުޅުންނެވެ. ޚާއްޞަކޮށް ބޮޑުބޭބޭފުޅު ނާއިފަކީ ސަޢުދީގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ކުރީގެ ޑިޕްލޮމެޓެއްވެސްމެއެވެ. އައްޝަޢުލާން ޢާއިލާއަކީ އާލްސަޢޫދުގެ ބޭރުން އަމީރުގެ ލަޤަބުން މުޚާޠަބުކުރެވޭ މަދު ޢާއިލާތަކުގެ ތެރެއިން ޢާއިލާއެކެވެ.
ފަހުދު ބިން ސަޢޫދު އައްޝަޢުލާނަކީ އެއްވެސް ގޮތަކުން ސަޢުދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާއާ ގުޅުމެއް ނެތް ބޭފުޅެއްކަމަށް އަދި އޭނާއަކީ އަމީރެއް ނުވަތަ ޕްރިންސެއް ނޫންކަމަށް ބުނާ ބުނުމަކީ ޞައްޙަ އަދި ރަނގަޅު ވާހަކައެއް ނޫނެވެ.
ނޫރީ އައްޝަޢުލާނާއި އޭނާގެ ދަރިފަސްކޮޅަށް ސަޢުދީ ރަސްކަން ޤާއިމުވުމަށްފަހު މިއަދާ ހަމައަށްވެސް މުޚާޠަބުކުރަނީ އަލްއަމީރުގެ ލަޤަބުންނެވެ. އެހެންކަމުން ފަހްދަކީ ސީދާ އާލް ސުޢޫދާ ގުޅުމެއް ނެތަސް، "އަމީރު" ނުވަތަ ޕްރިންސް މިލަޤަބުން ސަޢުދީ ޢަރަބިއްޔާގައި މުޚާޠަބުކުރެވޭ ދަރަޖައިގެ ބޭފުޅެކެވެ.
Ads by MACL
