ބައި-އިލެކްޝަންގައި ވޯޓުދިން ރައްޔިތުންނަށް ޢަބްދުއްރަޙީމް ޝުކުރު ދަންނަވައިފި
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ.
މިއަދު ބޭއްވުނު އިންތިޚާބަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވަނީ ކެނޑިޑޭޓް އަޙްމަދު ސަޢީދު ކުރެއްވި ބުރަ މަސައްކަތަށާއި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާފައެވެ. މީގެ އިތުރުން ކެމްޕެއިން ޓީމުން ކުރި މަސައްކަތަށް ވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.
https://twitter.com/Banafsaa/status/2063312239034343896ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުކަމާއެކު ގަދަކޮށް އަމާޒު ހިފައިގެން ތިއްބެވި ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
Ads by MACL
