ގެއްލިގެން ދިޔައީ ގައުމީ ހިދުމަތުގައި، ނަމޫނާ މުވައްޒަފެއް، އާއިލާއަށް ކެތްތެރިކަން ދެއްވާށި!
ފުލުހުންގެ ތަމްރީން މަރުކަޒެއްގައި ހާލު ދެރަވި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް އެވެ. އޭނާ މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ދަރިވަރުންނަށް ގޮވަމުން ދިޔައިރު ގާއިސްގެ ޚަބަރެއް ނެތި އޮތްކަން ފާހަގަވެގެން 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ގެންދިޔަ ނަމަވެސް ހާލަތަށް އިތުރު ބަދަލެއް ނައިސް މާލެ ގެންނަން ޖެހުނެވެ.
Ads by BMLއެއަށްފަހު އެ ދުވަހުގެ 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށިއެވެ. މާލެ ގެނައިގޮތަށް އޭނާއަށް ފަރުވާދޭން ފެށީ ވެންޓިލޭޓަރުގެ އެހީގައެވެ.
Ads by MACL
